އައްޑު ސިޓީގައި ލޮލު ރޯގާއާއި ޑެންގީ ހުން އަދި ވައުރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މިދުވަސްވަރު އެ ސިޓީގައި ލޮލު ރޯގާއާއި ޑެންގީ ހުމާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށެވެ.
އެެހެންވެ، އެ ސިޓީގައި ފެތުރެމުންދާ ބަލިތައް އާއްމުންގެ ސަމާލުކަމަށް ގެނެސް، އެ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ހޭލުންތެރިވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިފަ އެވެ.
އެގޮތުން ޑެންގީ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށާއި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ގެ އާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރިވުމަށް ބޭނުން ކުރާޒާތުގެ ލޯޝަން ބޭނުން ކުރުމަށާއި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް ވަނީ އެދިފަ އެވެ.
ލޮލުރޯގާ ލޮލުރޯގާގެ އަލާމާތެއްފެނިއްޖެނަމަ ވެސް ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށާއި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމަށާއި ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ވައިރަލް ހުން ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ފްލޫ ކްލިނިކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށާއި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމަށް ވަނީ އެދިފަ އެވެ. އަދި ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށާއި ކިނބިހަ އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫ ފަދަ އެއްޗަކުން ނިވާކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް