ކޮންޓޭގެ ކޯޗު ކަމުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމް މޮޅުވެއްޖެ

ޓޮޓެންހަމް އާއި އަލަށް ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާއިން ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެ އެވެ. ޔޫއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެ...

05 Nov 2021 | 05:29

ޓޮޓެންހަމް އާއި އަލަށް ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާއިން ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ވީޓެސް އަތުން ޓޮޓެންހަމް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ 3-2 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަންގާރަ ދުވަހު ޓޮޓެންހަމް އާއި ހަވާލުވި އުމުރުން 52 އަހަރުގެ ކޮންޓޭ މަގާމަށް ހަމަޖެއްސިއިރު، އޭނާ އެ މަގާމަށް ހަމަޖެއްސީ ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމަށްފަހުއެވެ.

ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ ފަރާތުން ރަނގަޅު ކުޅުނެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ސޮން ހުއެން-މިން ކާމިޔާބު ކޮށްދިން ލަނޑުން ލީޑު ނަގާފައެވެ. އަދި އޭގެ ގަތް މިނެޓު ފަހުން ލޫކަސް މޯރާ ވަނީ އެ ޓީމަށް ދެވަނު ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމުން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ވީޓެސްގެ ޖޭކަބް ރަސްމުސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑަށް ފަހު ވީޓެސްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 32 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ރަސްމުސެން އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން މަޓުސް ބެރޯ ވަނީ ވޯޓެންސް ގެ ދެވަނަ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ 39 ވަނަ މިނެޓުގައި މެޓަސް ބެރޯއެވެ.

ޓޮޓެންހަމް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގަ ދެވަނަ ޖާފު ނިންމާލަން ކެހުނޯ އިތުރު ލަނޑެއް ނުޖެހި އޮވެއެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވިއިރު، ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމުން ދެން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި އެވަޓަންއާއި ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް