މިއަދު ކޯވިޑަށް ޕޮސިޓިވްވި އަދަދު 71 ގައި

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 71 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު މާލެއިން 60 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ ...

05 Nov 2020 | 17:45

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 71 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު މާލެއިން 60 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އަތޮޅު ތެރެއިން 11 މީހުން ޕޮސިޓިވްވެފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި 56 ބިދޭސީންނެވެ. މިއަދު ކޯވިޑަށް ރާއްޖޭގައި ޓެސްޓުކޮށްފައިވަނީ 1،758 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުންދަނީ 838 މީހުންނަށެވެ. އޭގެ ތެރެއިން 56 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު 185 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11،010 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

އަތޮޅު ތެރޭގައި ޕޮސިޓިވްވެފައިވާ މީހުންގެ އަދަދަށް ބަލާއިރު 13 ރަށެއްގައި ޕޮސިޓިވް 15 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި ފަސް ދިވެހިންނެވެ.

ރިސޯޓުތަކުގެ ތެރެއިން 30 ރިސޯޓެއްގައި ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ޓޫރިސްޓުންނާއި 120 މުވައްޒަފުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 11،893 މީހުންނަށެވެ. އޭގެ ތެރެއިން 38 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް