އަންގައިދޭން ބޭނުންވީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާނުލެވޭނެ ކަން: އޭޖީ

ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގައި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ވާހަކައިގަ ބޭނުންވީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލެވެން ނޯންނާނެކަން ބައިނަލްއަގުވާމީ ދ...

05 Nov 2020 | 14:51

ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގައި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ވާހަކައިގަ ބޭނުންވީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލެވެން ނޯންނާނެކަން ބައިނަލްއަގުވާމީ ދުނިޔެއަށް ސާބިތުކޮށްދިނުމަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އިއްޔެގެ ސެޝަންގައި ވާހަކަދައްކަވަމުން ރިފްއަތު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން އުވައިލެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، ރައްޔިތުން އެކަމަށް ބޭނުންވާ ނަމަ ކަމަށެވެ. މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

އޭޖީގެ ވާހަކަތަކާއި ގުޅިގެން އިލްުވެރިންނާއި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލުމަށް ހުށަހެޅުމަށް މި ބައްދަލުވުމުގައި 25 ގައުމަކުން ތައްޔާރުވެގެން ތިބި ކަމަށެވެ. އެހެންވެ ރާއްޖެއަށް އެ ސުވާލުތައް އަމާޒުވުމުގެ ކުރިން މަރުގެ އަދަބު ދިނުމާއި، ގާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސަތު އެ ސެޝަންގައި ބަޔާންކުރުމަކީ، ކޮންމެހެން މުހިންމުކަމަކަށް ވެގެންދިޔަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް