ބޮޑެތި ޕްރޮޖެކްޓުތަކުގައި އެސްއޯއީތަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭޭތީ ކަންބޮނޑުވޭ: މުޣުނީ

ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ތަކަށް ނުލިބޭތީ އެކަމުގެ ކަންބޮނޑުވުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ފައުޅުކ...

05 Nov 2020 | 12:23

ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ތަކަށް ނުލިބޭތީ އެކަމުގެ ކަންބޮނޑުވުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ފައުޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވެފައިވަނީ، ސަރުކާރުން އެސްއޯއީތަށް އެހާވަރަށް ބަލައިނުގަންނަ ކަމަށެވެ، އަދި ބޮޑެތި ޕްރޮޖެކްޓުތަށް ހިންގާއިރު އެ ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެސްއޯއީތަކަށް ނުލިބޭ ކަމަށެވެ. އަދި އެސްއޯއީތަކުން ޕްރޮޖެކްޓުތަށް ކުރިއަށް ގެންދާއިރު ކޮންމެ ޕްރޮޖެކްޓަކަށް ބޭރުން ކޮންސަލްޓެންޓުން ހޯދަން ޖެހޭ ކަމަށެވެ.

މުޣުނީ ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް މޭކަޓަށް ރާއްޖެއިން ދާން މަސައްކަތް ކުރާއިރު، ސަރުކާރުން އެސްއޯއީތަކާއި މެދު ދެކެނީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން އެސްއޯއީތަކުން ހިންގާ ކޮންމެ ޕްރޮޖެކްޓަކަށް ބޭރު ކޮންސަލްޓެންޓެއް ހޯދަން ޖެހެ އެވެ. މުޣުނީ ވިދާޅުވެފައިވަނީ ރަށެއްގައި ސްވަރޭޖް ޑިސްޓިރިއުބިޝަން ނެޓްވޯކެއް އަޅަން އަންނަ ބޭރު ކޮންސަލްޓެންޓަށް ރާއްޖޭގެ މާހައުލު ނުވަތަށް އެންވަޔަރުމެންޓް ނޭގޭ ކަމަށެވެ. އެހެންކަމުން ގިނަ ފަހަރަށް އެ ކޮންސަލްޓެންޓަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެނީ ރާއްޖޭގެ އެސްއޯއީތަކުން ކަމަށެވެ. އަދި ގިނަފަހަރަށް އެގޮތަށް ގެންނަ ކޮންސަލްޓެންޓަކީ ރާއްޖޭ އަޅާ ބަލާއިރު އެކަންކުރުމުގައި މާ ފީކަޅާ ގައުމަކުން ގެންނަ ކޮންސަލްޓެންޓުން ކަމަށެވެ.

"އިންޓަނޭޝަނަލް ލެވެލްއަށް ދާން ބަލާއިރު އަޅުގަނޑުމެންނަށް ވުރެ މާ ފިކަޅާ ތަންތަނުން މީހުން ހޯދަނީ ސްވަރޭޖް ނެޓްވޯކެއްގެ މަސައްކަތް ކުރަން ހަމަ ގިނަ ފަހަރު ލަންކާއިން މީހަކު މި ހޯދަނީ އިންޑިއާއިން މީހަކު މިތަނުގެ އެންވަޔަރުމެންޓު ނޭގޭ މީހުން ބައިވަރު އެބަހުރި މިތަނުގެ ކޮންސަލްޓެންޓުންނަށް ގެނެސްފަ، އެކަމަކު އެސްއޯއީތަކަށް ވީމާ އަޅުގަނޑުމެން ނުވޭ ބަޔަކަށް އަހަރުމެން ބައެއްގެ ގޮތުގައި ބެލިގެން ނުދޭ" މުޣުނީ ވިދާޅުވެފައިވެ އެވެ

ކޮމިޓީގައި މުޣުނީ ވަނީ އެސްއޯއީތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ބޮޑެތި ގައުމުތަކުގައި އެސްއޯއީއަކީ ވަރަށް ޕްރިސްޓީޖިއަސް ބައެއްގެ ގޮތުގައި ދެކި އެގައުމު ތަކުގައި ހިންގާ މެގަ ޕްރޮޖެކްޓުތަކުގެ ބައިވެރިވުމުގެ ފުރުސަތު ލިބި، ނޮލެޖް ޓްރާންސާވުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އަދި އެގޮތަށް ނޮލެޖް ޓްރާންސަ ރާއްޖޭގެ އެސްއޯއީތަކަށް ލިބުމަކީ އިންޓަނޭޝަނަލް މާކެޓަށް ނުކުންނަ ލިބޭނެ ހިތްވަރެއް ކަމަށް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

މުޣުނީ ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ނިމި މިހާރު އެ ބްރިޖު އާންމު ދަތުރުފަތުރަށް ބޭނުން ކުރަމުންދާއިރު ވެސް އެއީ ކިހިނެތް ނިންމާލި މަސައްކަތެއްކަން އެގޭ ސަރުކާރުގެ ކުންފުންޏެއް ނެތް ކަމަށެވެ. އެކަމަކު އެ މަޝްރޫއުގައި ސަރުކާރު ކުންފުނިތަށް ބައިވެރިވުން އޮތްނަނަމަ އެކަން ކުރާ ގޮތުގެ ނޮލެޖް ޓްރާންސްފާ ލިބި އެސްއޯއީތަށް އިތުރަށް ކުރިއަރާނެ ކަމަށެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ރިނިއުބަލް އެނާޖީ މަޝްރޫއުގައި ވެސް ސްޓެލްކޯގެ ބައިވެރިވުމެއް ނެތްކަމަށް ކޮމިޓީގައި މުޣުނީ ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ބޮޑެތި މަޝްރޫއުތަށް ހިންގާއިރު އެސްއޯއީގެ ބައިވެރިވުން އިތުރުކުރުން މުހިންމު ކަމަށާއި އެކަން އެސްއޯއީ ކޮމިޓީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ވެސް މުޣުނީ ވިދާޅުވެފައިވެ އެވެ. މުޣުނީ އިތުރަށް ވިދާޅުވެފައިވަނިީ އެސްއޯއީ ކޮމިޓީއާ ކަންބޮނޑުވުންތަށް ހިއްސާކޮށް ސަރުކާރާ ގުޅިގެން އެސްއޯއީތަކަށް ރަނގަޅު ގޮތެއް ހޯދައިދޭން ކޮމިޓީއިން މަސައްކަތް ކުރައްވާނެ ކަން ޔަގީންވާ ކަމަށެވެ.

"ކުރީ ސަރުކާރުގައި އަޅުގަނޑުމެން ބުނީ ތިތަންތަނުގައި ތިބީ ކޭޕަބަލް މީހުނެއް ނޫނޭ އެކަމަކު މިހާރު ކޭޕަބަލް މީހުން އައީމަ އެބަޖެހޭ އެމީހުންގެ ފުލް ޕޮޓެންޝިއަލް ދެއްކުމުގެ ފުރުސަތު ލިބެން އެސްއޯއީތަކަށް ނާދޭ ޑިވޮލޮޕްމެންޓެއް ބޮޑެތި ކަންކަން މިއޮތީ ހިންގާފަ މިހާރު އެއޮތީ އެއް ބްރިޖު ނިމުނީ ރާއްޖޭގެ ނެތް އެކަކުވެސް އެއީ ކިހިނެތް ކުރިކަމެއް އެގޭ، އެއީ އޭރު ދެއްކި ވާހަކަ" މުޣުނީ ވިދާޅުވެފައިވެ އެވެ.

ވާހަކަ ނިންމާލަމުން މުޣުނީ ވިދާޅުވެފައިވަނީ، ރާއްޖޭގެ އެސްއޯއީތަކަށް ރާއްޖެއަށް ވުރެ ފަގީރު ގައުމުތަކަށް ގޮސް ޕްރޮޖެކްޓުތަށް ހިންގެން ވާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ގައުމުގައި ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުގައ އެސްއޯއީގެ ބައިވެރިވުން އިތުރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.

އެއަށް ޖަވާބު ދެއްވަމުން އެސްއޯއީ ކޮމިޓީގެ މެމްބަރު ވިދާޅުވެފައިވަނީ މުޣުނީ ފާހަގަ ކުރެއްވީ ވަރަށް މުހިންމު ކަންތެއް ކަމަށާއި، ރާއްޖޭގެ އެސްއޯއީ ތަކަކީ ހަމައެކަނި ރާއްޖެއަށް ލިމިޓުވެފައި ތިބޭ ކުންފުނިތަކަށް ވެގެން ނުވާނެ ކަމަށާއި، އެސްއޯއީތަށް ރާއްޖެއިން ބޭރަށް ވެސް ފުޅާކުރަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން އެސްއޯއީތަކުގެ ވެރިންގެ ކަންބޮނޑުވުން އަހައި އިތުރަށް ކުރިއަށް ދެވޭނެ މަގުފަހި ކޮށްދޭނެކަން ޔަގީންވާ ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް