އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވިއްޖެނަމަ، ރާއްޖޭގައިވެސް ކޯވިޑް އިތުރަށް ގޯސްވެދާނެ: އެޗްއީއޯސީ

އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވިއްޖެނަމަ، ރާއްޖޭގައިވެސް އިތުރަށް ގޯސްވެދާނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރ...

05 Nov 2020 | 09:46

އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ނުދެވިއްޖެނަމަ، ރާއްޖޭގައިވެސް އިތުރަށް ގޯސްވެދާނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފުރަތަމަ ވޭވް ވަރަށްބޮޑަށް އައިސްފަ، އެޅި ފިޔަވަޅުތަކާއެކު ކޮންޓްރޯލު ވުމަށް ފަހު، ހުޅުވާލުމުން ދެވަނަ ވޭވް އައިސް ބައެއް ގައުމުތައް ފުލް ލޮކްޑައުނަކަށްދާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގައި ވެސް މި ބަލީ ކޮންޓްރޯލު ކުރެވޭނީ ކޮވިޑާއެކު އުޅެން ރަނގަޅަށް ދަސްކޮށްގެން ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ނެތޭ ހީކޮށް ބައެއް ފަރާތްތަކުން މޫދަށް ދިއުމާއި މައިޒާންތަކަށް ދިއުމާއި ކުޅިވަރު ކުޅުން ވަރަށްބޮޑަށް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކުޅިވަރު ކުޅޭ ތަންތަނުގައިވެސް މާސްކު އެޅުމެއް ނެތި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެކިކަހަލަ ކޮންޓެކްޓް ސްޕޯޓްސްތައްވެސް ކުޅެމުންދާ ކަން ފާހަގަ ކުރެވޭ. ޓީމު ސްޕޯޓްސްތަކަށް އަދިވެސް ހުއްދަ ނެތް. ކަސްރަތުކުރާ ފަރާތްތަކުންވެސް ފަސް މީހުންނަށް ވުރެ ގިނައިން އެއްކޮށް ނުތިބެވޭނެ.: ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް