ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުން އާމިރު ވަކިކުރަން ފާހެއް ނުވި

ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަދާ ކޮމިޓީގެ މުގަައްރިިރު ކަމުން ވަކިކުރަން ކޮމިޓީއިން ފާހެއް ނުވި އެވެ. އާމިރަކީ އެމްޑީއޭއަށް ނިސްބަތްވާ މެމްބަރެކެވެ. ...

05 Nov 2020 | 06:12

ކުޑަ ހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަދާ ކޮމިޓީގެ މުގަައްރިިރު ކަމުން ވަކިކުރަން ކޮމިޓީއިން ފާހެއް ނުވި އެވެ.

އާމިރަކީ އެމްޑީއޭއަށް ނިސްބަތްވާ މެމްބަރެކެވެ. އަދި މިއީ19 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރަކު މުގައްރިރު ކަމުގައި ނެތް ހަމައެކަނި ކޮމިޓީ އެވެ.

ގަވާއިދުން ކޮމިޓީޏް ރޭ ބޭއްވި ބައްދަލުވުމުގައި އަމިރަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ ތިން މެމްބަރުންނެވެ، އަދި ފާސްކުރަން ނުފެންނަ ކަމަށް ވެސް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.

ވޯޓްގެ ނަތީޖާ ހަމަހަމަވުމުން ކޮމިޓީ ބައްދަލުވުން ޗެއާ ކުރެއްވި މެންބަރު ވޯޓު ދެއްވި އެވެ ކޮމިޓީ ޗެއާ ކުރެއްވީ ނައިބު މުގައްރިރު އިބްރާހީމް ނާސިރެވެ. އޭނާ ވޯޓު ދެއްވީ އާމިރަށް އިތުބާރު އޮންނަ ކަމަށެވެ.

އެ ބައްދަލުވުމުގައި އާމިރު ވަނީ އޭނާއަށް ކުރެވުނުު ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ. އޭނާއަށް ކުރެވުނު ތުހުމަތަކީ ގަވާއިދު ކޮމިޓީގެ މައްސަލަތަށް ކުރިއަށް ނުގެންދެވި މަޑު ޖެހިފައިވާ ކަމުގެ ތުހުމަތެވެ. ނަމަވެސް އާމިރު ވިދާޅުވީ މައްސަލަތަށް ކުރިއަށް ނުގެންދެވިފައި ނުވާނެ ކަމަށެވެ. އަދި ކޮމިޓީއަށް ހުށަހެޅޭ އެއްވެސް މައްސަލައެއް އެޖެންޑާ ނުކޮށް ހިފަހައްޓާފައި ވެސް ނޯންނާނެ ކަމަށެވެ.

މުގައްރިރު ކަމުން އާމިރު ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމް އާއި، ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަންއާއި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

އާމިރު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދިި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖްއާއި، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް