ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތްތަށް ހާއްސަ ހޮޓްލައިންއެއް

ފަހަކަށް އައިސް ލ. ގަން ރީޖަނަލް ހޮސްޕިޓަލް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކުން ބޭސްފަރުވާ ހޯދުމަށް އައިސް ގޮސް އުޅޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ކުރިން ލިބެން ނެތް އެތަކެއް ޚިދުމަ...

05 Nov 2020 | 06:01

ފަހަކަށް އައިސް ލ. ގަން ރީޖަނަލް ހޮސްޕިޓަލް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކުން ބޭސްފަރުވާ ހޯދުމަށް އައިސް ގޮސް އުޅޭ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ކުރިން ލިބެން ނެތް އެތަކެއް ޚިދުމަތްތަކެއް މިހާރު އެ ހޮސްޕިޓަލުން ލިބެން ހުރިއިރު، ގިނަ ޚިދުމަތަކެއް ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުން ނެވެ.

މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިނެއް ބަހައްޓާ ސިޓީ ސްކޭންގެ ޚިދުމަތްވެސް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އައު ސަރުކާރުގެ އަމާޒަކީ، އަތޮޅުތެރޭގެ ރައްޔިތުންނަށް، އެ ސަރަހައްދަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ. އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން ސިއްހީ ދާއިރާއަށް ގިނަ ހަރަދުތަކެއް ކުރަމުންގެންދާއިރު، ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ލާމަރުކަޒީ ފަލްސަފާގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލު ތަރައްގީ ކުރާ ވާހަކަ ދެއްކުމުން އެކަން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ހުވަފެންތަކުގައި ކުލަ ޖެހިގެން ދާ މަންޒަރު މިއަދު ރައްޔިތުންނަށް ފެންނަމުންއެބަދެއެވެ.

ގިނަ ބަޔަކަށް ސިއްޚީ ޚިދުމަތް އެންމެ އެދެވޭ ގޮތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް މިހާރުވެސް ކުރެވެމުން އަންނައިރު، އެ ހޮސްޕިޓަލުން މިހާރުވަނީ އެމްބިއުލަންސްގެ ޚިދުމަތް ހޯދުމަށް އަދި އެމަޖަންސީ ހާލަތްތަކުގައި ގުޅުއްވާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ހޮސްޕިޓަލްގެ އެމަޖަންސީ ހޮޓްލައިންއެއް ވެސް ޤާއިމްކޮށްފައެވެ.

އެގޮތުން މިއަދުންފެށިގެން އެމްބިއުލާންސްގެ ޙިދުމަތް ހޯއްދެވުމަށް ހޮސްޕިޓަލްގެ އެމަޖެންސީ ހޮޓްލައިން 1662 އަށް ގުޅުއްވުން އެދޭކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އެދެއެވެ.

https://www.facebook.com/LGan-Regional-https://www.facebook.com/598406576990554/posts/1776692219161978/Hospital-598406576990554/?

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް