ތޫޫމް ރެސްޓޯރެންޓުން ފިލާތަކެއް ވަގަށް ނެގި ދެ މީހަކު ހޯދަނީ

ތޫމް ރޭސްޓޯރެންޓުން ފިލާތަކެއް ވަގަށް ނެގި ދެ މީހަކު ހޯދަމުންދާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ތޫމް އިން ވަގަށް ނަގާފައިވާ އެ ފިލާތަކަކީ އެ ރެސްޓޯރެންޓު ބަންދުކުރުމަށް ބޭނުންކުރާ ފިލާތަށް ކ...

05 Nov 2020 | 05:53

ތޫމް ރޭސްޓޯރެންޓުން ފިލާތަކެއް ވަގަށް ނެގި ދެ މީހަކު ހޯދަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ތޫމް އިން ވަގަށް ނަގާފައިވާ އެ ފިލާތަކަކީ އެ ރެސްޓޯރެންޓު ބަންދުކުރުމަށް ބޭނުންކުރާ ފިލާތަށް ކަމަށެވެ. އަދި އެ ފިލާތަށް ވަގަށް ނަގާފައިވަނީ އޮކްޓޫބަރު މަހުގެ ތިން ވަަނަ ދުވަހު ކަމަށެވެ.

ފިލާތަށް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުންނެވެ. ފުލުހުން ވަނީ ތޫމް ރެސްޓޯރެންޓުން ވައްކަން ކުރި ދެ މީހުންގެ ވިޑިއޯ އާންމުކޮށް އެމީހުން ހޯދުމަށް އާންމުގެ އެހީއަށް އެދިފަ އެވެ. އަދި އެމީހުނާ ބެހޭ މައުލޫމާތު އެގިލައްވާ ފަރާތްތަކުން އެކަން ފުލުހުންނަށް އަންގައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އާންމުކުރި އެ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނުންނެވެ. އެ ދެމީހުން ތިބީ ބެކްޕެކެއް އަޅައިގެންނެވެ. އެއިން އެކަކު ވަނީ ތޮފިއެއް އަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް