ހެކި ހާޒިރު ނުވުމުން އަނަސް މަރުގެ ޝަރީއަތް ކެންސަލް

ދެހާސް ސަތާރަ ވަނަ އަހަރު ގްރޫޕަކުން ތޫނި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީ މަރާލިރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހާޒިރު ކުރަންޖެހޭ ހެކި ހާޒިރު ނުކުރެވުމުން، މ...

05 Nov 2020 | 05:41

ދެހާސް ސަތާރަ ވަނަ އަހަރު ގްރޫޕަކުން ތޫނި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީ މަރާލިރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހާޒިރު ކުރަންޖެހޭ ހެކި ހާޒިރު ނުކުރެވުމުން، މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

އަނަސް މަރާލި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މިއަދުގެ އަޑު އެހުމަށް ހެކި ހާޒިރު ނުކެރެވުނު ސަބަބު ދައުލަތުން އޮޅުންފިލުވައި ނުދެ އެވެ. އަނަސްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. އިބްރާހިމް މޫމިން ވަނީ ހެކިބަސް ދީފަ އެވެ.

ހެކިބަސް ދެމުން އޭނާ ވިދާޅުވެފައިވަނީ،  އަނަސް އަށް ދީފައިހުރީ ވަގުތުން މަރުވެދާނެ ފަދަ ހަމަލާތައް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށާއި ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި އަނަސް މަރުވީ ލިބިފައިވާ ޒަހަމްތަކާއި އަނިޔާގެ ސަބަބުން ކަމަށާއި އޭނާގެ ހަށިގަނޑުން ލޭ މަދުވެ ފުއްޕާމެއަށް ވެސް ޒަހަމްތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.

އަނަސް މަރާލުމުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް