ވިޔަފާރިތަކަށް ކުރި ހޭދަ 14 ޕަސަންޓަށް އިތުރުވެއްޖެ

ކޮވިޑް-19 އިގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ކުރި ހޭދަ14.7 ޕަސަންޓު އިތުރުވެއްޖެ ކަމަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ. މިއަދު ފިނޭސް މިނިސްޓްރީއިން ވަނީ "ކޮވިޑް-1...

05 Nov 2020 | 05:31

ކޮވިޑް-19 އިގެ ސަބަބުން ގެއްލުންވި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ކުރި ހޭދަ14.7 ޕަސަންޓު އިތުރުވެއްޖެ ކަމަށް ފިނޭސް މިނިސްޓްރީއިން ބުނެފި އެވެ.

މިއަދު ފިނޭސް މިނިސްޓްރީއިން ވަނީ "ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ނެރެފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ކޮވިޑް-19ގެ ކަންކަމަަށް ކުރި ހޭދައިގެ ތެރޭގައި ހިމެނޭ އިގްތިސޯދީ ބަޔަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަދަދަކީ މިދިޔަ ހަފުތާގައި ވިޔަފާރި ތަކަށް ދިން އެހީއާ އަޅާ ބަލާއިރު 14.7 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮވިޑުގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ޖެހުނު ވިޔަފާރިތަަށް އެހީވުމުގެ ގޮތުން ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ސްކީމް (އީއާރުޕީ) ތައާރަފްކޮށްފަ އެވެ. އެ ސްކީމުން މިދިޔަ ހަފުތާއާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭންކް ތަކުން ރިކަވަރީ ލޯނަށް ކުރި ހޭދަ އަށެވެ. މި ބަޔަކަށް 153 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި އިންކަމް ސަޕޯޓު އެލަވަންސުގެ ގޮތުގައި 10.8 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސިއްހީ ދާއިރާ އިން ކުރަމުން ގެންދާ މަސައްކަތް ތަކަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިއީ މި ދިޔަ ހަފުތާއާ އަޅާބަލާއިރު 0.8 ޕަސެންޓުގެ އިތުރު ވުމެކެވެ. އެ ބައިން އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ ( އެންޑީއެމްއޭ) އަށެވެ.

އެންޑީއެމްއޭ އިިން ވަނީ މިދިޔަ ހަފްތާގައި 7.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މިހާތަނަށް އެންޑީއެމްއޭ އަށް ވަނީ 787.4 މިލިއަން ރުފިޔާ  ހޭދަކޮށްފަ އެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީ އަށް 203.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސިއްހީ ކަންކަމަށް ކުރާ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ ބަޔަކީ ބޭނުންވާ ތަކެތި ރާއްޖެ ގެނައުމަށެވެ. މި ބަޔަކަށް މިހާތަނަށް 521.8 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް