ބަތަލާ ތާބޫ އަދިވެސް ހުސްހަށިބައި، ޒިންމާ ނަގަން ޖެހޭނީ އަޖޭ ކަމަށް ބުނެފި

ބޮލީވުޑްގެ ބަތަލާ ތާބޫ ހުސްހަށިބައިކޮށް ހުންނަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އަޖޭ ދޭވްގަން ކަމަށް އޭނާ ބުނެފި އެވެ. އިއްޔެ ތާބޫއަށް 50 އަހަރު ފުރުން އިރު މިހާތަނަށް އޭނާ ކައިވެންޏެއް ކޮށްފައެއް ނުވެ...

05 Nov 2020 | 05:21

ބޮލީވުޑްގެ ބަތަލާ ތާބޫ ހުސްހަށިބައިކޮށް ހުންނަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އަޖޭ ދޭވްގަން ކަމަށް އޭނާ ބުނެފި އެވެ.

އިއްޔެ ތާބޫއަށް 50 އަހަރު ފުރުން އިރު މިހާތަނަށް އޭނާ ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. ޒުވާން ދުވަސްވަރު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ތާބޫ ވަނީ ދެ ފަހަރު އިންޑިއާގެ ގައުމީ އެވޯޑު ހާސިލްކޮށްފައި އެވެ.

އުމުރު 50 އަހަރުގެ ތާބޫ ދީފައިިވާ ހުރިހާ އިންޓަވިއުތަކެއްގައިވެސް އޭނާ ހުސްހަށިބައިކޮށް ހުންނަނީ ކީއްވެތޯ ސުވާލުކޮށްފި ނަމަ އެކަމުގެ ޒިންމާ އަޅުވަނީ އަޖޭގެ ބޮލުގައި އެވެ. ތާބޫ ބުނީ އަޖޭއަކީ އޭނާގެ ބޭބެގެ ޅަދުވަހުގެ ރަހުމަތްތެރިއެއް ކަމުން ތާބޫގެ އުމުރުން 13 އަހަރުން ފެށިގެން އަޖޭ އާއި ގާތްގުޅުމެއް އޮންނަ ކަމަށެވެ.

ތާބޫ ބުނީ އަޖޭ އޭނާގެ ބޭބެއާއި އިތުރު ފިރިހެން ކުދިންނާއި އެކު ގްރޫޕު ހަދައިގެން އުޅޭއިރު ތާބޫގެ އެކުވެރިންނާއި އެކު އެ ގްރޫޕުގެ ސަމާލުކަން ހޯދަން ވަރަށް މަސައްކަތް ކުރެވިފައި ހުންނާނެ ކަމަށެވެ. ހަމަ އެގޮތަށް އަޖޭގެ ސަމާލުކަން އަންހެން ކުދިންގެ ތެރެއިން ތާބޫއަށް ދޭކަން އެނގޭ ކަމަށެވެ.

ތާބޫ ބުނީ ޅަ ދުވަހު އޭނާ އާއި ފިރިހެން ކުއްޖަކު ވާހަކަ ދައްކައި ލޯބި ހުށަހަޅަން އުޅޭކަން އެނގިއްޖެ ނަމަ އެ ފިރިހެން ކުއްޖަކަށް އަޖޭ ހަމަލާދީ މާރާމާރީ ހިންގާ ކަމަށެވެ. ތާބޫގެ ހަރަކާތްތަކަށް އަޖޭ ބަރާބަރަށް ފާރަލައި ހެދިކަމަށް އޭނާ ބުންޏެވެ.

ތާބޫ ބުނީ އެދުވަސްވަރު އޭނާއަށް ފުރައްސާރަކޮށް ކަންތައް ކުރެވުނު ގޮތާއި މެދު އަޖޭ މިއަދު ދެރަވެ ހިތާމަ ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި މިއަދު ތާބޫ ހުސްހަށިބައިކޮށް ހުންނަން ޖެހުމުގެ ފުރިހަމަ ޒިންމާ އަޖޭ ނަގަން ޖެހޭނެ ކަމަށް އަޖޭ އަމިއްލައަށްވެސް ގަބޫލު ކުރާނެ ކަމަށެވެ.

ތާބޫ މިހާރުވެސް ދޭތެރެ ދޭތެރެއިން ބޮލީވުޑް ފިލްމުތަކުން ފެނެ އެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ފިލްމު "ބޫލް ބުލައްޔާ 2" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް