އާސަންދައިން މިދޔަ މަހުގެ ނިޔަލަށް 900 މިލިޔަން ރުފިޔާ ހޭދަކޮށްފި

އާސަންދައިން މިދިޔަ މަހުގެ ނިޔަލަށް 906.0 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭސް މިނިސްޓްރީއިން އާންމުކުރި ހަފްތާ މާލީ ތާފަސްހިސާބުގައި ބުނެފި އެވެ. ތަފާސްހިސާބުތަގައި ވާގޮތުން އާސަނ...

05 Nov 2020 | 05:21

އާސަންދައިން މިދިޔަ މަހުގެ ނިޔަލަށް 906.0 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭސް މިނިސްޓްރީއިން އާންމުކުރި ހަފްތާ މާލީ ތާފަސްހިސާބުގައި ބުނެފި އެވެ.

ތަފާސްހިސާބުތަގައި ވާގޮތުން އާސަންދައިން މި އަހަރުގެ މިހާތަނަށ ސަބްސިޑީގެ ގޮތުގައި ވެސް  ވަނީ998.3 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެކަމަކު އެއީ މިދިޔަ އަހަރާ ބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގައި ސަބްސިޑީގެ ގޮތުގައި އެެއް ބިލިއަން ހޭދަކުރި އެވެ. އަދި މި އަހަރު އާސަންދައިގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ދިނުމަށް ވެސް ހަމަޖެހިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

މިއަހަރު އާސަންދައިން ކުރި ހޭދަ މަދުވެފައިވަނީ ރާއްޖޭއިން ބޭރުގައި ބޭސް ފަރުވާ ކުރި މީހުންގެ އަދަދު މަދުވުމާ ގުޅިގެންނެެވެ. ކޮވިޑް-19 ގެ ސަބަބުން މާޗް މަހުން ފެށިގެން ލޮކްޑައުން ކޮށްފައިވުމުން ބޮޑެތި ބަލިތަކަށް ބޭސްކުރަ ގިނަ ބަޔަކަށް ވަނީ ބޭރަށް ދަތުރު ނުކުރެވިފަ އެވެ.

އާސަންދައިގެ ހޭދަ މަދުވެފައިވަނީ ބެލެވޭ ގޮތުގައި ރާއްޖޭން ބޭރުން ބޭސް ފަރުވާ ކުރި މީހުންގެ އަދަދު މަދުވުމުންނެވެ. ބޭރުން ބޭސް ފަރުވާ ކުރި މީހުންގެ އަދަދު މި އަހަރު މަދުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން މާޗް މަހުން ފެށިގެން ލޮކްޑައުން ކޮށްފައިވުމުން ބޭރަށް ދިއުމުގައި ދިމާވި ދަތިކަމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް