ލޯބިވެރިޔާ ކާލް ވުޑްސް އާއެކު ރާއްޖެއަށް ޗުއްޓީއަކަށް އައިސް ދަރިއަކު ހޯދަން ކުރި މަސައްކަތް ކާމިޔާބު ކަމަށް އުންމީދުކުރާކަމަށް ކެޓީ ޕްރައިސް އާއި ހަވާލާދީ އޭނާގެ މެނޭޖަރު ބުނެފިއެވެ.
ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާ މިހާރު އެނބުރި ގައުމަށް ގޮސްފައިވާއިރު، މިދިޔަ މަހުގެ މެދުތެރޭގައި ރާއްޖެ އައިސް އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ފެންނަނީ ޕްރެގްނަންސީ ޓެސްޓެއްގެ ނަތީޖާ ދައްކާ މަންޒަރެވެ. އެ ޕޯސްޓުގައި ކެޓީ ބުނެފައިވަނީ ރާއްޖޭގައި ތިބެ ދަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލެއްގައި ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގައި އުންމީދުކުރާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ، ވިޔަފާރިވެރިޔާ، މޮޑެލް އަދި މީޑިއާ ޕާސަނަލިޓީ ކެޓީ ޕްރައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ޗުއްޓީއަކީ ސްޓްރެސް ފްރީ މާހައުލެއްކަމަށް ސިފަކުރި ނަމަވެސް ޗުއްޓީގައި ހުރި އިރުވެސް ކެޓީއަށް ހިތްދަތި ކަންތައްތަތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޗުއްޓީގައި ހުއްޓާ ދަތްކޮޅު ފައިބާފައިވާއިރު ޗުއްޓީ ނިންމާފައި ދިޔައިރު ހުރީ އަނދާފައިކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް