ކައިވެނީގެ ފުރަތަމަ ރޭ ނަށާނީ ޕެހެލާ ނަޝާ ލަވައަށް: އަދިތުޔަ

ލަވަކިޔުންތެރިޔާ، ހޮސްޓް އަދި ބޮލީވުޑް ބަތޮލު އަދިތުޔަ ނަރާޔަން އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ ނަށާނީ އޭނާގެ ބައްޕަ  އުދިތު ނަރާޔަން ކިޔާފައިވާ ޕެހެލާ ނަޝާ ލަވައަށް ކަމުގައި އޭނާ ބުނެފިއެވެ. އަދިތުޔަ ނ...

05 Nov 2020 | 03:05

ލަވަކިޔުންތެރިޔާ، ހޮސްޓް އަދި ބޮލީވުޑް ބަތޮލު އަދިތުޔަ ނަރާޔަން އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ ނަށާނީ އޭނާގެ ބައްޕަ  އުދިތު ނަރާޔަން ކިޔާފައިވާ ޕެހެލާ ނަޝާ ލަވައަށް ކަމުގައި އޭނާ ބުނެފިއެވެ.

އަދިތުޔަ ނަރާޔަން އަދި އޭނާގެ ލޯބިވެރިޔާ ޝްވޭތާ އަގަރްވާލްގެ ކައިވެނީގެ މަރުހަލާތައް މިހާރު ކުރިއަށްދާއިރު އަދިތުޔަ ބުނެފައިވަނީ އޭނާގެ ބައްޕަ، ޖޯ ޖީތާ ވޮހީ ސިކަންދަރު ފިލްމަށް ކިޔާފައިވާ ޕެހެލާ ނަޝާ ލަވައަކީ ޝްވޭތާގެވެސް ފެވަރިޓް ލަވަކަމަށެވެ.

ދެ ލޯބިވެރިންގެ ކައިވެނީގެ މަރުހަލާގެ ތެރެއިން ރޯކާ މަރުހަލާ މިހާރު ވަނީ ކުރިއަށްގެންގޮސްފައެވެ. މެހެނދީ މަރުހަލާ އޮތީ މި މަހުގެ 29ގައެވެ. އަދި ކައިވެނީގެ ރަސްމީ ހަފްލާ އޮތީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް