މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ އެމެރިކާގެ އިންތިހާބު، ޑިމޮކްރެޓިކް ކެނޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކޮށްފާނެކަމުގައި ބެލެވެން ފަށައިފިއެވެ. ކާމިޔާބުވާނެކަމުގެ އުންމީދުގައި ބައިޑަން ހުރި އިރު ދެވަނަ ދައުރަކަށް ވާދަކުރަމުން އަންނަ ޑޮނާލްޑް ޓްރަމްޕްގެ އޮތީ ޝަކުވާއާއި ބޮޑާ ހޭކުމެވެ.
ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާ މި އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު 264 އިލެކްޓޯރަލް ވޯޓު ބައިޑަން އަށް ލިބިފައިވާއިރު ޓްރަމްޕަށް އަދި ލިބިފައިވަނީ 214 ވޯޓެވެ.
ޓްރަމްޕްގެ އެންމެ ބޮޑު ޝަކުވާއަކީ ނަތީޖާ އިއުލާނުކުރަން ފެށިއިރު ޓްރަމްޕު ބޮޑުތަކުން ކުރީގައި އޮތުމަށްފަހު އަދަދުމައްޗަށް ދިއުން އެއްކޮށްހެން ހުއްޓި ބައިޑަން އަށް ކާމިޔާބީ ލިބެން ފެށުމެވެ.
މިއާއެކު ބައެއް ސަރަހައްދުތަކުގައި ވޯޓު ގުނުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ވަނީ އެދިފައެވެ. އެދިފައިވަނީ މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމަށެވެ. ސަބަބެއް ކަމަށް ޓްރަމްޕުގެ ކެމްޕޭނު ޓީމުން ބުނެފައިވަނީ އެ ސްޓޭޓްގެ ވޯޓު ގުނުން އޮބްޒާވް ކުރަން ޓްރަމްޕްގެ ކެމްޕޭން ޓީމަށް އެކަށީގެންވާ ފުރުސަތު ނުލިބޭކަމަށް ބުނުމެވެ.
އިންތިހާބުގެ ނަތީޖާ އަދިވެސް ބައެއް ބޮޑެތި ސްޓޭޓްތަކުގައި ގުނާ ނިމިފައެއް ނުވެއެވެ. އެހެންކަމުން މިހާރު ދައްކާ ނަތީޖާއަކީ ފައިނަލް ނަތީޖާކަމުގައި އަދި ނުބެލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް