އެމްއެންޔޫގެ ދެވަނަ ޓާމުގެ ސްކޮލާޝިޕް 13 ދަރިވަރަކަށް ދީފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2026 ވަނަ އަހަރުގެ ދެވަނަ ޓާމަށް 13 ދަރިވަރަކަށް ސްކޮލާޝިޕް ދީފިއެވެ. މި ސްކޮލާޝިޕްތައް ދީފައިވަނީ އަންޑަރގްރެޖުއޭޓް ޕޯސްޓްގްރެޖުއޭޓް އަދި ޝަހީދުންގެ ...

05 Oct 2026 | 10:00
އެމްއެންޔޫގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާޅު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާޅު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2026 ވަނަ އަހަރުގެ ދެވަނަ ޓާމަށް 13 ދަރިވަރަކަށް ސްކޮލާޝިޕް ދީފިއެވެ.

މި ސްކޮލާޝިޕްތައް ދީފައިވަނީ އަންޑަރގްރެޖުއޭޓް ޕޯސްޓްގްރެޖުއޭޓް އަދި ޝަހީދުންގެ ހަނދާނީ ކެޓެގަރީތަކުންނެވެ. އެމްއެންޔޫގެ އާމްދަނީން ޚަރަދު ކުރާ މި ސްކީމުގެ ބޭނުމަކީ ތައުލީމީ ގޮތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ މާލީ ހުރަސްތައް ކުޑަކުރުމެވެ.

ސްކޮލާޝިޕް ކެޓެގަރީއާއި ޝަރުތުތަކަށް ބެލުމަށްފަހު ބައެއް ދަރިވަރުންނަށް ޓިއުޝަން ފީގެ އެހީ އަދި ފުލް ސްކޮލާޝިޕްވެސް ދީފައިވާ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެ އެވެ.

އެ ޔުނިވާސިޓީން މައުލޫމާތުދޭގޮތުގައި މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ހޮވާފައިވަނީ ވާދަވެރި ހޮވުމުގެ ޕްރޮސެސެއް މެދުވެރިކޮށް ކަމަށެވެ. މި ޕްރޮސެސަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ދަރިވަރުންތަކެއް ކުރިމަތިލި ކަމަށް ބުނެ އެވެ.

އެމްއެންޔޫން ފާހަގަކުރި ގޮތުގައި މި ސްކޮލާޝިޕް ޕްރޮގްރާމުގެ ސަބަބުން ފަޤީރުކަމުގެ ގިނަ ޑައިމެންޝަންތއް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ބާރުލިބެއެވެ. ރާއްޖޭގެ މަލްޓިޑައިމެންޝަނަލް ޕޮވަޓީ އިންޑެކްސްގެ ދަށުން ތައުލީމަކީ ފަޤީރުކަމުގެ ޑައިމެންޝަނެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ.

އެމްއެންޔޫގެ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާޅު ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެމްއެންޔޫ

އެ ޔުނިވަރސިޓީން ބުނީ މި ޕްރޮގްރާމް ވެގެންދަނީ ދެމެހެއްޓެނިވި ތަރައްޤީގެ ހަތަރު ވަނަ ލަނޑުދަނޑި (ފެންވަރު ރަނގަޅު ތައުލީމު) އަދި ފުރަތަމަ ލަނޑުދަނޑި (ފަޤީރުކަން ނައްތައިލުން) ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ސްކޮލާޝިޕް ލިބުނު ހުރިހާ ދަރިވަރުންނަށް އެ ޔުނިވަރސިޓީން ވަނީ މަރުހަބާ ކިޔައި ކާމިޔާބީއަށް އެދިފައެވެ. މާލީ ހާލަތު ހުރި ގޮތަކުން ޤާބިލު ދަރިވަރުންގެ ތައުލީމީ މަގު ބަންދުނުވާނެކަން ޔަގީންކުރުމަށް މި ސްކީމު މެދުވެރިކޮށް އެމްއެންޔޫން އަންނަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް