މީރާގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުކަމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވު...

05 Oct 2026 | 08:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލިސް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

އެ މަޤާމު ހުސްވެފައިވަނީ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ ގޮތުގައި މަސައްކަތްކުރެއްވި ފާތިމަތު އަމީޒާ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

ޤާނޫނު ބުނާ ގޮތުން މީރާގެ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެވޭނީ ޢާންމުކޮށް ހުޅުވައިލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ.

ރައީސް މަޖިލީހަށް ފޮނުއްވާފައިވާ ތިން ނަމަކީ ސ. ހުޅުދޫ ބަގީޗާގެ އަހުމަދު ޝަފްނީޒާއި ވ. މިޔަރެސް އަހުމަދު މައުސޫމާއި ކ. ދިއްފުށި ކަނޑުގަސްދޮށުގެ މަރިޔަމް ޖައިދާއެވެ.

މި ތިން ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ ހަވާލުކޮށްފައެވެ. ކޮމިޓީން ތިން ބޭފުޅުންނާ އިންޓަވިއުކޮށް މާކްސް ދިނުމަށްފަހު މަޤާމަށް ބޭފުޅަކު ހޮވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް