ފޮޓޯ: ފޭސްބުކް
ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭ ޑޮކިއުމެންޓްރީއަކަށް އިންޓަވިއު ދިން ކަމުގެ ތުހުމަތުގައި އީޝާ އަޝްރަފުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
ހެނދުނު ކުރިއަށް ގެންދިޔަ މި އަޑުއެހުން ބާއްވާފައިވަނީ ސިއްރު ޝަރީޢަތެއްގެ ގޮތުގައި އެވެ. އެހެންވެ ޝަރީޢަތުގެ މަޖިލީހަށް ނޫސްވެރިންނަކަށް ނުވަދެވެއެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ. ކުރިން ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރި އީޝާ ވަނީ ތަޙުޤީޤު މަރުޙަލާގައި ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ފުލުހުން ނުދިން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޝާގެ އިތުރުން އެ ޑޮކިއުމެންޓްރީ ޝާއިޢުކުރި އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ވެސް ހަމަ އެ ދައުވާ ވަނީ ކޮށްފައެވެ. މަސްދަރު ޙިމާޔަތްކުރުމަށް ޓަކައި ތަޙުޤީޤުގައި ހަނު ތިބި އެ ދެ ނޫސްވެރިންގެ ޝަރީޢަތް ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށެވެ.
މި ޝަރީޢަތާ ގުޅިގެން އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ވާހަކަ ދެއްކުން މަނާކުރާ އަމުރެއް ކޯޓުން ނެރެފައިވެއެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ކުރިން ޖަލަށް ލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް