N/A
ބަނގުރާ އުފައްދައި ވިޔަފާރީގެ އުސޫލުން ވިއްކަމުން ދިޔަ އިންޑިއާގެ ދެ ރައްޔިތަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ. ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ކަމުގެ ތުހުމަތުގައި މި ދެ މީހުން ހުއްޓުވީ މާލޭ މަގުމަތީންނެވެ.
އެ އޮޕަރޭޝަނުގައި ދެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 906 ފުޅިއާއި 16 ޓައްޕު ފެނިފައިވެއެވެ. އެއާ އެކު ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.
މައްސަލައިގެ އިޖުރާއީ ކަންކަން ނިންމުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް