އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތައް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުން...

05 Oct 2026 | 04:43
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޯލްޑިވްސް

މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތައް ކުރެހުން

ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 
މިއީ ރާއްޖޭގައި މާލީ ހޭލުންތެރިކަން

އިތުރުކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގައި ކުޑަކުދީންނަށް

އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ސްކޫލް

ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދެ ކެޓަގަރީއަކުން

ވާދަކުރެވޭނެއެވެ. އެއީ ގްރޭޑް 5އިން 7އަށް އަދި ގްރޭޑް 8އިން 9ގެ ކެޓަގަރީއެވެ.

މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި ޑިޖިޓަލްނޫން ކުރެހުންތައް ވެސް

ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި

މުބާރާތުގައި ފަސް ތީމަކަށް ކުރެހުން ހުށަހެޅިދާނެއެވެ. އެއީ މާލީ ދުޅަހެޔޮކަމާއި

ވިސްނުންތެރިކަމާއެކު ފައިސާގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ

އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިގްތިސާދު، އީޖާދުތަކާއި ކުރިމަގުގައި

ފައިސާ, އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމެވެ.

ފިންލިޓް

ފެސްޓް ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3000 ރުފިޔާއާ ހަމައަށް

އިނާމު ލިބުމުގެ ފުރުސަތު އެބައޮތެވެ. އަދި މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުން

ހޮވާލެވޭ ބައެއް ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކާއި

ހޭލުންތެރިކަމުގެ ކެންޕޭނުތަކުގައި ވެސް ބޭނުންކުރާނެކަމަށް އެ އޮތޯރިޓީން

ބުނެފައިވެއެވެ.

މި

މުބާރާތަށް ކުރެހުން ހުށަހަޅާނީ [email protected] އީމެއިލް

މެދުވެރިކޮށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކުރެހުމުގެ އަސްލު

ފޮނުވައިގެންނެވެ. ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ 1 ނޮވެންބަރު 2026ގެ

23:59އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް