ބޮޑުތަކުރުފާނު މަގުގެ ދަރުމަވަންތައާއި އައިޖީއެމްއެޗު ސަރަހައްދު ދަތުރުފަތުރަށް ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގައި ހިމެނޭ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދު މަގު މަރާމާތުކުރުމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން ޢާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ. ފުލުހުން ހާމަކޮށް...

05 Oct 2026 | 01:58
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ބޮޑުތަކުރުފާނު މަގުގައި ހިމެނޭ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދު މަގު މަރާމާތުކުރުމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން ޢާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާތި ރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް މަގު ވަނީ ބަންދުކޮށްފައި އެވެ. ފުލުހުން ޢާންމުކުރި ޗާޓުގައިވާ ގޮތުން ތާޖުއްދީން ހިނގުމާއި އަމީނީ މަގާ ދެމެދުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައި ވަނީ ބަންދުކޮށްފައި އެވެ.

އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.

މި މަސައްކަތަކީ ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި ސެގްމެންޓުގައި ތަރައްގީ ކުރަން ހަމަޖެހިފައިވަނިީ ސުނާމީ ބިނާއިން ފެށިގެން ވެސްޓްޕާކާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް