މަހެއްހާ ދުވަސް ފަހުން ހޯނޑެއްދޫ މޮނިޓަރިންއިން ނަގައިފި

ގދ. ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ކޯވިޑް-19 ގެ ކޭސްތަކެއް ފެނި އެ ރަށަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ރަށުން ވޭ...

05 Oct 2020 | 17:29

ގދ. ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ކޯވިޑް-19 ގެ ކޭސްތަކެއް ފެނި އެ ރަށަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ރަށުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 45 މީހަކު ކޯވިޑަށް ޕޮސިޓިވްވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގީ އެންމެ ފަހުން ނެގި 70 ސާމްޕަލް ނެގެޓިވް ވުމުން ކަމަށެވެ. މޮނިޓަރިން އިން ނެގިނަމަވެސް އެ ރަށުން ބަލީގެ އަލާމާތް ހުންނަ މީހަކު ފެނިއްޖެ ނަމަ ކޯވިޑަށް ޓެސްޓު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯނޑެއްދޫއިން މީހުން ޕޮސިޓިވްވަމުންދިޔަ ގޮތަށް ބަލާއިރު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރަށުން ބަލި ނައްތާލެވުނީ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުން ކަމަށެވެ.

ހޯނޑެއްދޫއިން ކޯވިޑަށް ފުރަތަމަ ޕޮސިޓިވްވީ ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ. އެ ރަށުން ޕޮސިޓިވްވި އެންމެންނަކީ އެ މީހުންގެ އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.

އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކަށް ގއ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދީފައިވެ އެވެ. އެހެން އެންމެންނަށް ފަރުވާ ދީފައިވަނީ ރަށުގައި ކަރަންޓީންކޮށްގެންނެވެ.

ހޯނޑެއްދޫ އާއި އެކު އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ ގދ. މަޑަވެލިވެސް މޮނިޓަރިންއަށް ލިޔެ އެވެ. ފަހުން އެރަށް މޮނިޓަރިންގެ ހާލަތުން ނެގީ މަޑަވެލިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް