މިއަދު މާލެއިން ޕޮސިޓިވްވީ 35 މީހުން، އަތޮޅު ތެރެއިން ދެ މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓީވްވީ 37 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދު މާލެއިން ޕޮސިޓިވްވީ 35 މީހުން ކަމަށެވެ. އަތޮޅުތެރ...

05 Oct 2020 | 17:21

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓީވްވީ 37 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދު މާލެއިން ޕޮސިޓިވްވީ 35 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ ދެ މީހުންނެވެ.

މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، އަށް ބިދޭސީންނެވެ. އެއީ މިއަދު ޓެސްޓު ކުރި 1،608 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވި އަދަދެވެ.

މިހާރު ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 1،099 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 65 މީހުންނަށެވެ.

އަތޮޅު ތެރޭގެ 20 ރަށެއްގައި 122 ޕޮސިޓިވް ކޭސް އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 9،427 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދަކީ 10،567 އެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާއިރު މިއަދަކީ މި ބަލީގައި މީހަކު މަރު ނުވާތާ 14 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް