ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކާރު ބުރެއް ޖެއްސެވުމުން ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ނިކުމެވަޑައިގެން، ކާރު ބުރެއް ޖެއްސެވުމުން ...

05 Oct 2020 | 15:02

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ނިކުމެވަޑައިގެން، ކާރު ބުރެއް ޖެއްސެވުމުން ގިނަ ބައެއްގެ ފާޑުކިއުންތައް، އަނެއްކާވެސް ޓްރަމްޕަށް އަމާޒުވާން ފަށައިފި އެވެ.

ޓްރަމްޕް ވަނީ އޭނާގެ ސަލާމަތީ ގާޑުންނާއެކު، އެސްޔޫވީއެއްގައި ހޮސްޕިޓަލުން ނިކުމެވަޑައިގެން، އެ ސަރަހައްދަށް ޖަމާވެފައިވާ އޭނާގެ ސަޕޯޓަރުންނަށް ހަނާ އަޅުއްވާ ހައްދަވާފަ އެވެ. ކާރުކޮޅު ތެރޭގައި ޓްރަމްޕް އިންނެވީ މާސްކެއް ތުރު ކުރައްވައިގެން ކަމަށް ފޮޓޯތަކުން ހާމަވެއެވެ.

މިއީ ޓްރަމްޕްގެ ގާބިލިއްޔަތުން ދެއްކެވުމަށް ކުރެއްވި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އަނެއް ބަޔަކު ދަނީ، ޓްރަމްޕްގެ ސެކިއުރުޓީ ގާޑުންނާ މުވައްޒަފުންގެ ފުރާނަ، ނުރައްކަލަށް ހުށަހަޅުއްވާ ކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ނެވެ.

ކޮވިޑް-19އަކީ މާ ނުރައްކާ ބައްޔެއް ނޫންކަމަށް ދޭހަވާ ފަދަ މޭރުމަކުން އަމަލުތައް ބަހައްޓަވާ މަދު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓްރަމްޕަށް، މި ބަލީގެ ސީރިއަސް ކަން އަދިވެސް ވިސްނިވަޑައި ނުގަންނަވަނީ ކަމަށްވެސް އަނެއް ބަޔަކު އަންނަނީ ބުނަމުން ނެވެ.

ކޮވިޑް-19އަކީ މާ ސީރިއަސް ބައްޔެއް ނޫންކަމަށް ވިދާޅުވެފައި ވަނިކޮށް މި ބައްޔަށް ޕޮޒިޓިވްވި ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯވެސް ވަނީ، ޕޮޒިޓިވްވެފަ އެވެ. އަދި އޭނާ ވަނީ ސައިކަލު ބުރު ޖައްސަވާފަ އެވެ.

ވޯލްޓަރ ރީޑްގެ ފިޒީޝަންއެއް ކަމަށްވާ ޑރ ޖޭމްސް ފިލިޕްސްވެސް ވަނީ ޓްރަމްޕްގެ މި އަމަލުފުޅާ ގުޅިގެން ނުރުހުން ފާޅުކުރައްވާ، ޓްވީޓެއް ކުރައްވާފަ އެވެ.

"އެއްވެސް ބޭނުމެއް ނެތް ގޮތުގައި ކާރުކޮޅުގައި ޓްރަމްޕް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ސީކްރެޓް ސަރވިސް އޭޖެންޓުންގެ ފުރާނަ، ނުރައްކަލަށް ވަނީ ހުށަހެޅިފަ. މިއިން ކޮންމެ މުވައްޒަފަކުވެސް މިހާރު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ." ޑރ. ޖޭމްސް ގެ ޓްވީޓުގައި ވިދާލުވެފައި ވެއެެވެ.

ސިއްހީ ތަޖުރިބާކާރުން މިފަދައިން ވިދާޅުވަމުން އަންނަ އިރު، ވައިޓްހައުސް އިން ދަނީ ޓްރަމްޕުގެ ޢަމަލުތައް ދިފާޢު ކުރަމުން ނެވެ. އެގޮތުން، މި ހަރަކާތަކީ މެޑިކަލް ޓީމުގެ އިޒުނައާއެކު ކުރި ކަމެއް ކަމަށާއު މިކަން ކޮށްފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށްވެސް ވައިޓްހައުސްއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް