ހަމަ އެއްކަމެއް ނުކޮށް ކެމެރާއަށް ބަލަހައްޓައިގެން ހުރެ ޓިކްޓޮކުގައި މިލިޔަން ވިއުސް ހޯދާ މީހެއް !

ޓިކްޓޮކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލު، ސޯޝަލް އެޕްލިކޭޝަނެކެވެ. ޓިކްޓޮކުން މި ރާއްޖޭގައިވެސް އެތައް ތަރިއެއް އުފަންވެފައިވާއިރު، މިފަހަރު މިއޮތީ ވަރަށް ތަފާތު މީހެއްގެ ވާހަކައެކެކެވެ. ވިއ...

05 Oct 2020 | 14:01

ޓިކްޓޮކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލު، ސޯޝަލް އެޕްލިކޭޝަނެކެވެ. ޓިކްޓޮކުން މި ރާއްޖޭގައިވެސް އެތައް ތަރިއެއް އުފަންވެފައިވާއިރު، މިފަހަރު މިއޮތީ ވަރަށް ތަފާތު މީހެއްގެ ވާހަކައެކެކެވެ.

ވިއެޓްނާމަށް ނިސްބަތްވާ، އަން ޓްރަން ޓަންގެ ވާހަކަ ބައިނަލްއަގްވާމީ ބޮޑެތި ނޫސްތަކުގައި ރިޕޯޓްކޮށްފައިމިވަނީ ހަމަ އެއް ކަމެއް ނުކޮށް ކެމެރާއަށް ބަލަހައްޓައިގެން ހުރެ ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯތަކަށް މިލިޔަނުން ވިއުސް ލިބޭތީއެވެ.

https://www.tiktok.com/@anhtrantan/video/6880051108371320065?referer_url=https%3A%2F%2Fwww.asiaone.com%2Fdigital%2Fstaring-camera-all-it-takes-vietnamese-tiktoker-get-millions-views&referer_video_id=6879565293727894785

ސެޕްޓެމްބަރު 17ގައި ފެށި، ޓްރަން ޓަންގެ ޓިކްޓޮކް އެކައުންޓް މިހާތަނަށް ތިން ލައްކައަށްވުރެ ގިނަ މީހުން ފޮލޯކޮށްފައިވާއިރު ވީޑިއޯތަކަށް 4.8 މިލިޔަން ލައިކްސް ލިބިފައިވެއެވެ. ވީޑިއޯތަކުގެ ވިއުސް އުޅެނީ މިލިޔަނުން މަތީގައެވެ.

https://www.tiktok.com/@anhtrantan/video/6880051108371320065?referer_url=https%3A%2F%2Fwww.asiaone.com%2Fdigital%2Fstaring-camera-all-it-takes-vietnamese-tiktoker-get-millions-views&referer_video_id=6879565293727894785

އޮށޯވެ އޮތަސް، ކޮޅަށް ހުއްޓަސް ޓްރަން ޓަންގެ ޓިކްޓޮކް ވީޑިއޯގައި ކުރާހާވެސް ކަމަކީ ކެމެރާ ލެންސަށް ބަލަހައްޓައިގެން ހުރުމެވެ. ނުވަތަ އޮތުމެވެ. ދެން ހިމަނާފައި ހުންނަނީ ކޮންމެވެސް ބެކްގްރައުންޑް މިއުޒިކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް