ފޭކު ޓްވީޓު ހަދަނީ ގާސިމާ ޖޭޕީއަށް އޮތް ތާއީދު ގެއްލުވާލަން: ގާސިމް

މިއަދު ދައުރުވަމުން އަންނަ، ޓްވީޓެއްގެ ސްކްރީން ޝޮޓަކީ އަސްލެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރަނީ ގާސިމާ ޖޭޕީއަށް އޮތް ތާއީދު ގެއްލުވާލަން ކަމުގައި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން...

05 Oct 2020 | 12:46

މިއަދު ދައުރުވަމުން އަންނަ، ޓްވީޓެއްގެ ސްކްރީން ޝޮޓަކީ އަސްލެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރަނީ ގާސިމާ ޖޭޕީއަށް އޮތް ތާއީދު ގެއްލުވާލަން ކަމުގައި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ދެންމެ ކުރި ޓްވީޓެއްގައެވެ.

މިއަދު ދައުރުވަމުންދާ ސްކްރީން ޝޮޓް ދޮގުކޮށްފައިވާއިރު، އެ ސްކްރީން ޝޮޓްގައިވާ ޓްވީޓުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުގައި އިންނެވުމަކީ މިއަދު ދިވެހި ގައުމު ލަދުވެތި ވާންޖެހޭނެ ކަމެއް ކަމަށެވެ. ރައީސް ޔާމީނާއެކު މަޝްވަރާއަށް ދާން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގައުމު ކުރިއަށްގެންދިއުމަށް އެދޭ ކަމުގައި، ގާސިމް ދޮގުކުރި ޓްވީޓްގެ ސްކްރީންޝޮޓްގައި ބުނެފައިވެއެވެ.

"ޓްވީޓަކީ ގާސިމް ކޮށްފައިވާ ޓްވީޓެއް ނޫން، އަދި ގާސިމް އާއި ޖޭޕީ އޮތީ ދިވެހި ރައްޔިތުންނާ ސަރުކާރާއެކު" ގާސިމްގެ އަސްލު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް