ތާޒާ ފެނަށް އޯޑަރު ކުރެވޭނެ ކުރު ނަމްބަރު 1619 ތައާރަފް ކޮށްފި

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ލިމިޓެޑުން އުފައްދާ ތާޒާ ފެން އޯޑަރު ކުރެވޭނެ ކުރު ނަމްބަރު 1619 މިއަދު ތައާރަފް ކޮށްފިއެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް  ޕްރައިވ...

05 Oct 2020 | 12:12

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ލިމިޓެޑުން އުފައްދާ ތާޒާ ފެން އޯޑަރު ކުރެވޭނެ ކުރު ނަމްބަރު 1619 މިއަދު ތައާރަފް ކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުގައި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް  ޕްރައިވެޓް ލިމިޓެޑް އިން މިއަދު ލޯންޗް ކުރި ޝޯޓް ކޯޑް (1619) ނަންބަރަކީ މި ކުންފުނީގެ ކަސްޓަމަރުން ތާޒާ ފެނަށް އޯޑަރ ކުރުމަށް ފަސޭހަކޮށްދިނުމަށް ތަޢާރަފް ކޮށްފައިވާ ނަންބަރެކެވެ.

މި ނަންބަރު ރަސްމީކޮން ލޯންޗް ކޮށްފައިވަނީ މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އައި.ބީ.އެމް.ގެ ޗެއާރމަން އަދި އެމް.ޑަބްލިޔް.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ.

ތާޒާގެ ސޯޅަ ނަވާރަ ޝޯޓްކޯޑް ތަޢާރަފު ކުރެވިގެން ދިއުމަކީ، ތާޒާ ފެން އޯޑަރ ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އިތުރުފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އެ ކުންފުނިން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް