ޢިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާލޭގައި ފާމުދޭރި މަގުގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 3:20 ހާއިރު ލިބިފައިވާ ކަމަށެވެ.
އިމާރާތުގެ މަތިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި، އެމީހާ އަށް މެޑިކާ ހޮސްޕިޓަލުގަައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް