ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ. އެންއައިސީއަށް އައްޔަން ކުރަން ރައީސް އިސްކަން ދެއްވަނީ ގާސިމްއަށް ކަމަށް ވިދާޅުވިޔަސް އެމަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ސިޓީއާއި އެކު ފޮނުއްވާފައިވެ އެވެ.
އަދި މަޖިލީހަށް ފެނިވަޑައިގެންނަވާ ބޭފުޅެއްގެ ނަން ފާސްކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ. މި މައްސަލަ ދިރާސާ ކުރުމަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކާިއ ބެހޭ ކޮމިޓީއަށް ފޮނުވާފައި އެވެ.
ގާސިމް ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި "ވިސްލް ބްލޯވިން" އުސޫލާ ހިލާފަށް ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލައިފައެވެ. ބީއެމްއެލްގެ ވަޒީފާއިން ވަކިކުރި އިރު ގާސިމް ހުރީ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރަކަށެވެ.
ހުކުމް ތަންފީޒުކުރުމަށްފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް