ފިލްމީ ތަރި ޔުނާންގެ ދެމަފިރިންގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އަންހެނުން ރިހުލާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ. މި ދެމަފިރިން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ ކުޑަ ފިރިހެންކުޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ...

05 Oct 2020 | 08:24

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އަންހެނުން ރިހުލާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

މި ދެމަފިރިން ހައްޔަރު ކުރީ އުމުރުން 15 އަހަރުގެ ކުޑަ ފިރިހެންކުޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން ބަދުއަހުލާގީ އަމަލު ހިންގީ ޔުނާންގެ އާއިލީ ކުއްޖަކާއި އެވެ.

ފުލުހުން މިއަދު ބުނީ އެ ދެމީހުން ރޭ ދަންވަރު ހައްޔަރުކޮށް މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިފު ކުރި ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.

މިމައްސަލައިގަ ހައްޔަރު ކުރީ ޔުނާން އާއި ރިހުލާ ކަމެއް ފުލުހުން ނުބުނެ އެވެ. އޭގެ ބަދަލުގައި ބުނަނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމަފިރިން ހައްޔަރު ކުރީ ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ބަޔަކު މުޒަހަރާ ކުރަނިކޮށެވެ. މުޒާހަރާ ކުރަން ފެށުމުން އެމީހުން ފުލުހުންގެ ހިމާޔަތަށް އެދުމުން ފުލުހުންގެ ހިމާޔަތުގައި އެ ދެމީހުން އެޕާޓްމެންޓުން ނެރެގެން ގެންދިޔަ އެވެ.

ޔުނާންގެ ދެމަފިރިން އެ ކުއްޖާއާއި އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް