އެތެރެހަށީގައި ފޮރުވައިގެން ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ އުމުރުން 30 އަހަރުގެ އަހްސަން އުލް ހަސަން، 41 އަހަރުގެ މުހައްމަދު އަލީ ބާއިގް، 22 އަހަރުގެ މުހައްމަދު ސާދު ވަރްސީ އަދި 34 އަހަރުގެ އަބްދުﷲ އަލީ ހަސަން އެވެ. ދެން ހައްޔަރު ކުރީ އުމުރުން 27 އަހަރުގެ ކެންޔާގެ ޖެޑިޑާ އެންޑުކޫ ކިންގޫ ކިޔާ އަންހެނެކެވެ.
މީގެ ތެރެއިން ޕާކިސްތާނު ހަތަރު މީހުން ހައްޔަރު ކުރީ މިދިޔަ މަހުގެ11 ވަނަ ދުވަހުއެވެ. ކެންޔާ އަންހެން މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ29 ވަނަ ދުވަހު އެވެ.
ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ޕާކިސްތާނު މީހުން އައި ދުވަހު އެމީހުންގެ އަމަލުތައް ހުރި ގޮތުން ބަލައި ފާސްކުރުމަށް ފަހު ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އެންމެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި 81 ބުލެޓު ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 790 ގްރާމް ހުރި އިރު މަގުމަތީ އަގު 6،32،800 ރުފިޔާއަށް އަރާނެ ކަމަށް ބުނެ އެވެ.
ކެންޔާ އަންހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 53 ބުލެޓު ފެނިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް