ކޯޓު އަމުރެއްގެ ދަށުން ޔުނާންގެ ދެމަފިރިން ހައްޔަރު ކޮށްފި

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެންނުން ރިހުލާ ހައްޔަރުކޮށްފި އެވެ. އެ ދެމީހުން ހައްޔަރު ކުރީ 15 އަހަރުގެ ކުޑަ ފިިރިހެން ކުއްޖަކާއި އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހު...

05 Oct 2020 | 07:36

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެންނުން ރިހުލާ ހައްޔަރުކޮށްފި އެވެ.

އެ ދެމީހުން ހައްޔަރު ކުރީ 15 އަހަރުގެ ކުޑަ ފިިރިހެން ކުއްޖަކާއި އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމަފިރިން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ކަމަށެވެ.

އެ ދެމަފިރިން ހައްޔަރުކުރިއިރު، ދެ މީހުން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ ވަނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީގައި ބަޔަކު މުޒަހަރާވެސްކޮށްފަ އެވެ. މުޒާހަރާ ކުރަން ފެށުމުން އެމީހުން ފުލުހުންގެ ހިމާޔަތަށް އެދުމުން ފުލުހުންގެ ހިމާޔަތުގައި އެ ދެމީހުން އެޕާޓްމެންޓުން ނެރެގެން ގެންދިޔަ އެވެ.

ޔުނާންގެ ދެމަފިރިން އެ ކުއްޖާއާއި އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ހަވީރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމަފިރިން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގީ ޔުނާންގެ އާއިލާ ކުއްޖަކާ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް