ގދ. ތިނަދޫގައި ހަދަމުންދާ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގެ މަސައްކަތް ކުރިޔަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައްލަަވާލައްވައިފި އެވެ.
މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި މި މަސައްކަތް މިމަހުގެ 14 ވަނަ ދުވަހަށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ބުނީ ދެ މިނިސްޓަރުން ކުރެއްވި މި ޒިޔާރަތުގައި މަސައްކަތް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވި ކަމަށެވެ. އަދި ސައިޓުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ.
ތިނަދޫގައި ހަދާ ކޯވިޑް ފެސިލިޓީގެ މަސައްކަތުގެ 45 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި ކަނޑައެޅިފައިވާ ތާރީއަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފެސިލިޓީއަކީ 22 އެނދުގެ ޖާގައިގެ ތަނެކެވެ. ފެސިލިޓީ ހަދާ ނިމޭއިރު އައިސީޔޫއެއްވެސް ހަދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް