މާވަށަށް އުދަ އެރުމާއި ފެންބޮޑުވުން ހައްލުކޮށްދެވޭނެ ދުވަހެއް ނޭނގެ: އަސްލަމް

ވިއްސާރަ އާއި އުދަ އަރައި ލ. މާވަށަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅ...

05 Oct 2020 | 06:22

ވިއްސާރަ އާއި އުދަ އަރައި ލ. މާވަށަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ހައްލު ގެނައުމަށް ރަށްރަށުގައި ހިންގޭނެ ޕްރޮޖެކްޓުތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވި ޕްލޭންތަކެއް ރޭވެމުންދާ ކަމަށެވެ. އެކަމަކު މިފަދަ މަޝްރޫއުތައް ހިންގުމުގެ ކުރިން ފެންބޮޑުވުންފަދަ ކަންކަމާއި ގުޅޭގޮތުން ސައިންޓިފިކް ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަކަށް އައިސް ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުންތަކާއި އެފަދަ ހާދިސާތައް ދިމާވުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އެންވަޔަރަމަންޓު މިނިސްޓްރީން ހާދިސާތައް ދިމާވާން ދިމާވާއި ސަބަބާއި ގުޅޭގޮތުން ދިރާސާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ގުރުރަތ ހާދިސާތަކުން ރަށްތައް ސަލާމަތް ކުރުމަށް ގެނެވޭނެ އިންޖިނިއަރިން ހައްލަކީ ކޮބަައިތޯ ބަލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު މި މައްސަލަތައް ހައްލު ކޮށްދެވޭނެ ތާރީހެއް ބުނަން އަދި އަވަސް ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި މާވަށަށް ކުރި ވިއްސާރައިގަ ފެންބޮޑުވުމުގެ އިތުރުން މުޅި ރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް