ކާމިޔާބީގެ ޝުކުރު މައިންބަފައިންނަށް ފަހު ހައްގީ ޓީޗަރުންނަށް: ރައީސް

ކޮންމެ މީހަކު ދިރިއުޅުމުގައި ދެކެމުންދާ ކާމިޔާބީގެ ޝުކުރު ހައްގު ވަނީ ޓީޗަރުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަ...

05 Oct 2020 | 05:21

ކޮންމެ މީހަކު ދިރިއުޅުމުގައި ދެކެމުންދާ ކާމިޔާބީގެ ޝުކުރު ހައްގު ވަނީ ޓީޗަރުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް ވިދާޅުވީ މިއަދު އާދެވިފައި ތިބި ހިސާބަށް އައުމަށް ޓަކައި ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިން ބަފައިންނަށް ފަހުގައި ޓީޗަރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޅަ ޖީލުގެ މަގަށް އަލިކުރުމުގައި ކުރިއަށް ވަޑައިގަންނަވާ ކޮންމެ ޓީޗަރަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

https://twitter.com/ibusolih/status/1312957129079177218

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު ފަސް ވަނަ ދުވަހެވެ. މިއަހަރު ޓީޗަރުންގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ތައުމީލު ފޯރުކޮށްދިނުމުގައި އުނދަގޫ ދުވަސްތަކެއް ކަޑަތުކުރަމުން ދާ ދުވަސްވަރެއްގައި އެވެ.

ހުރިހާ ދަރިވަރުންހެން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭން ޖެހިފައިވާއިރު ޓިޗަރުން ދަނީ މިފަދަ ދުވަސްވަރެއްގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް