ކެންސަރަށް ފަރުވާ ހޯދަން ފެށުމާއި އެކު ސަންޖޭ ދަތުގެ ހަށިގަނޑަށް ބޮޑު ބަދަލެއް

މިދިޔަ އޮގަސްޓު މަހު ކެންސަރު ޖެހިފައިވާކަން އެނގުނު ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަންޖޭ ދަތު ބައްޔަށް ފަރުވާ ހޯދަން ފެށުމާއި ހަށިގަނޑަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. އުމުރުން 61 އެއް އަހަރުގެ ސަންޖޭ ...

05 Oct 2020 | 05:05

މިދިޔަ އޮގަސްޓު މަހު ކެންސަރު ޖެހިފައިވާކަން އެނގުނު ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަންޖޭ ދަތު ބައްޔަށް ފަރުވާ ހޯދަން ފެށުމާއި ހަށިގަނޑަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ.

އުމުރުން 61 އެއް އަހަރުގެ ސަންޖޭ ފަރުވާ ހޯދަމުން ދަނީ ފުއްޕާމޭގެ ކެންސަރަށެވެ. ފުއްޕާމޭގެ ކެންސަރު ޖެހުނުކަން އިއުލާނު ކުރި އިރު ސަންޖޭގެ ހަށިގަނޑު ފެންނަނީ ވަރަށް ވަރުގަދަކޮށެވެ.

އެކަމަކު ސަންޖޭގެ އަންހެނުން މާންޔަތާ ދަތު އިންސްޓަގްރާމްގައި މިހާރު ޕޯސްޓު ކުރަމުންދާ ސަންޖޭގެ ފޮޓޯތަކުން އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ހިކިފައިވާކަނ ފާހަގަ ކުރެވެ އެވެ. އަދި ސަންޖޭ ސަޕޯޓަރަކާއި އެކު ނަގާފައިވާ ފޮޓޯއެއްގައި ފެންނަގޮތުގައި އޭނާ ވަރަށް ބޮޑަށް ބަލިކަން ފާހަގަކުރެވެ އެވެ. އަދި މޫނުމަތިން މާޔޫސްވެފައި ހުންނަކަންވެސް ފާހަގަވެ އެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއި އެކު ސަންޖޭގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކެންސަރު ޖެހުނުކަން އެނގުނު ފަހުން އޭނާ ވަނީ އެމެރިކާއަށް ފަރުވާ ހޯދަން ގޮސްފައި އެވެ. އަދި ދަރިންނާއި ބައްދަލު ކުރަން ދުބާއީއަށް ގޮސްފައިވެ އެވެ. ސަންޖޭ މިހާރު ފަރުވާ ހޯދަމުންދަނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި އެވެ.

އަނެއްކާވެސް އަންނަ ޑިސެމްބަރު މަހު އެމެރިކާއަށް އިތުރު ފަރުވާއަށް ދިއުމަށް ހަމަޖެހިފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަންޖޭ ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް