ބޮލީވުޑް ކަޕަލް އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސް އުޅުމުގެ ތެރޭގައި އައިސްވާރިޔާ އަށް ދޭން އުޅުނު ސަޕްރައިޒެއް ފްލޮޕް ވި ގޮތުގެ ވާހަކަ އަބީޝޭކް އިންޑިއާ ނޫސްތަކުގައި ހިއްސާ ކޮށްފިއެވެ.
އިންޓަވިއުއެއްގައި އަބީޝޭކް ބުނެފައިވަނީ ރޮމޭންޓިކް ކޭންޑަލް ލައިޓް ޑިނާއެއް ދޭން އުޅުމަކީ ބޭކާރު ކަމެއްކަން މިހާރު އެނގިއްޖެ ކަމަށެވެ. ހިތި ތަޖުރިބާއެއް ކުރަން ޖެހުނު ކަމަށެވެ.
އަބީޝޭކް ބުނެފައިވާގޮތުގައި ވައި ގަދަކަމުން އަބަދު އުއްބައްތި ނިވޭތީ އެއީވެސް ބޮޑު ގޮންޖެހުމަކަށް ވިއެވެ. އަދި މޭޒަށް އެރުވި ކާ އެއްޗެއްޗަށް ވެލި ބުރައިގެން އެ ކާއެއްޗެއްސާއެކު ކޮންމެވެސް ވަރަކަށް އަރުގައި ވެލިވެސް ޖެހުނު ކަމަށް އަބީޝޭކް ބުނެފައިވެއެވެ.
މި ދެ ތަރިން އެންމެ ފަރުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ކުރިން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް މި ދެ ތަރިން ރާއްޖެ ޒިޔާރަތްކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް