ލިޒް ހާލޭ ރާއްޖޭގައި

ހޮލީވުޑް ތަރި އެލިޒަބަތު ހާލޭ (ލިޒް ހާލޭ) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. ލިޒް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝަވަލް ބްލާންކް ރަންދެލި ރިސޯޓުގައެވެ. ލިޒް ހާލޭ ކުޅެފައިވާ ފިލްމުތަކުގެ ތެރެ...

05 Oct 2020 | 02:23

ހޮލީވުޑް ތަރި އެލިޒަބަތު ހާލޭ (ލިޒް ހާލޭ) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ލިޒް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޝަވަލް ބްލާންކް ރަންދެލި ރިސޯޓުގައެވެ.

ލިޒް ހާލޭ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ފިލްމަކީ "އޮސްޓިން ޕަވަރސް: އިންޓަނޭޝަނަލް މޭން އޮފް މިސްޓްރީ" އެވެ. ފިލްމީ ދާއިރާއާއި ދުރުގައި މިހާރު ގިނަ ދުވަސްތަކެއް ލިޒް ހޭދަކޮށްފައިވާއިރު ލިޒް މިހާރު އަންނަނީ އަމިއްލަ ފެޝަން ބްރޭންޑެއް ހިންގަމުންނެވެ.

ލިޒް ހާލޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ބޮލީވުޑް ބައެއް ތަރިންވެސް މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް