ރާއްޖޭގެ ބޮޑު ބަޔަކަށް 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި އެވެ. އޮރެންޖު އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެ...

05 Sep 2020 | 17:34

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި އެވެ.

އޮރެންޖު އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެ ސަރަހައްދުތަކުގެ ރަށްތަަށް އާންމުކޮށް 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ އެވެ.

އޮރެންޖު އިންޒާރު ނެރެފައިވަނީ މިރޭ 10:30 ން މެންދަމު 2:20 އަށެވެ. މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ވައިގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

އޮރެންޖު އިންޒާރު ނެރެނީ މޫސުން ގޯސްވެ ހާދިސާތަކެއް މެދުވެރިވެދާނެތީ ސަމާލުވުމަށް އިންޒާރު ކުރުމުގެ ގޮތުންނެވެ. މިއީ ރާއްޖޭގައި މޫސުން ގޯސްވެ އޮރެންޖު އިންޒާރު ނެރުނު ދެ ވަނަ ފަހަރެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެމްއެންޑީއެފް އާއި މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް