ފެސިލިޓީތަކުން ބައެއް މީހުން ނުކުމެގެންދާ އިރު، ބައެއް ކަހަލަ ގެއްލުންދީފައި ހުންނަކަން ފާހަގަކުރެވޭކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.
އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފެސިލިޓީތަކަށް ލާ ފަރާތްތަކުން އެ ފެސިލިޓީތަކުން ނުކުމެގެންދާ އިރު، ބެޑްޝީޓް، ބާލީސް އަދި އެހެންކަހަލަ ތަކެއްޗަށް ގެއްލުންދީފައި ހުންނަކަމަށެވެ.
މީގެ އިތުރުން އެ ފެސިލިޓީތަކުގެ ފާޚާނާ ފަދަ ތަންތަނަށްވެސް ގެއްލުންދީފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިކަންކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް މިވަގުތު ވިސްނާފައި ނެތް ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ކުރުން އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް ޑރ. ނަޒްލާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޑރ. ނަޒްލާ މިފަދައިން އެދިވަޑައިގެންފައިވާ އިރު، މީގެ ކުރިންވެސް ވަނީ ފެސިލިޓީތަކަށް ބައެއްކަހަލަ ގެއްލުންތައްދީފައިވާ ފޮޓޯ އާއި ވީޑިއޯތައް ވަނީ ޢާންމުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް