ޔުނިވަރސަލްގެ ފަރާތުން ކޯވިޑް ޓެސްޓު ކިޓް ހަދިޔާކޮށްފި

ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން ކޯވިޑް ޓެސްޓު ކިޓް ހަދިޔާ ކޮށްފިއެވެ. އެކުންފުނިން ވަނީ 10،000 ޓެސްޓު ކިޓް މިއަދު ހަދިޔާ ކޮށްފައެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއ...

05 Sep 2020 | 15:00

ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން ކޯވިޑް ޓެސްޓު ކިޓް ހަދިޔާ ކޮށްފިއެވެ.

އެކުންފުނިން ވަނީ 10،000 ޓެސްޓު ކިޓް މިއަދު ހަދިޔާ ކޮށްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކިޓްތަކާއި ހަވާލުވެވަޑައިގަތީ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

އެ ކުންފުނިން މީގެ ކުރިންވެސް ވަނީ 20،200 ކޯވިޑު ޓެސްޓު ކިޓު ހަދިޔާކޮށްފައެވެ. އަދި ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމަށް ޕީސީއާރު 2 މެޝިންވެސް ވަނީ ހަދިޔާކޮށްފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޯވިޑް-19 މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އިރު، މިބަލިން އަރައިގަތުމަށް ރާއްޖެއިންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި އެ މަސައްކަތްތަކަށް އެކި ފަރާތްތަކުން އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް