ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ދިރާގުން ހިނިތުންވުމެއް ގެނެސްދީފި

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ "ޓިކްޓޮކް" ވެސް ބަލައިލެވޭނެއެވެ. މި ސްޓްރީމިންގ...

05 Sep 2020 | 14:47

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ "ޓިކްޓޮކް" ވެސް ބަލައިލެވޭނެއެވެ.

މި ސްޓްރީމިންގ ބަންޑަލްގައި ހިމެނޭ އެހެން އެޕް ތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިންގ އެޕްލިކޭޝަންތައް ހިމެނެއެވެ.

މި ބަންޑަލްތައް މަދުވެގެން 65 ރުފިޔާއަށް 5 ސެޕްޓެމްބަރ 2020 އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ.

މި ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް "ކީވޯރޑް" އެސްއެމްއެސް ކުރައްވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު އެޕެކެވެ.

މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތްތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޔެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާވެސް ހޯދެއެވެ.

ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

Streaming Bundles Price Allowance (GB) Validity Keyword
Stream 4GB 65 4 5 days STR-4GB
Stream 10GB 250 10 30 days STR-10GB
Stream 25GB 375 25 30 days STR-25GB

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް