އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ އެއްވެސް ބާވަތެއްގެ ތެލެއްގެ އަގު ބޮޑުކޮށްފައި ނުވާ ކަމަށެވެ.
އެސްޓީއޯއިން ބުނީ އެންމެ ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
އެ ބަދަލާއި އެއްގޮތަށް މިހާރުވެސް ޕެޓްރޯލް ލީޓަރެއް ވިއްކަނީ 8.07 ރުފިޔާއަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 8.71 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
https://twitter.com/stoplc/status/1302186294953480192
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް