ގދ. މަޑަވެލި މޮނިޓަރިންއަށް ލައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މަޑަވެލީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ މިއަދު މެންދުރު ފަހު 2:43 އިން ފެށިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މޮނިޓަރިންއަށްލީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.
އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައި އެވެ.
މަޑަވެލި މޮނިޓަރިންއަށް ލީ އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައި އޮންނަ ހޯނޑެއްދޫއިން ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވްުމާއި ގުޅިގެންނެވެ. ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެ ރަށުން މިހާތަނަށް 19 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ.
ހޯނޑެއްދޫއިން ޕޮސިޓިވްވެފައިވާ 19 މީހުންނަކީ އެ ރަށުން ޕޮސިޓިވްވި ދެ މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާ މީހުންނެވެ.
އެޗްއީއޯސީން ބުނީ ހޯނޑެއްދޫ ކޯވިޑް-19 ކޭސްތަކާއި ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް