ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ ހަވީރު 4:15 ން ރޭގަނޑު 8:00 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ.
ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާ އަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ހަނދާންކޮށްދިނުމަށެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިބާރުވެފައި ކަނޑު ގަދަވާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑތަކުގައި ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބަ އޮތެވެ.
މޫސުމަށް ސަމާލުކަން ދީގެން ދަތުރު ފެށުމަށް ކޯސްޓު ގާޑާއި މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް