މޯލްޑިވިއަންއިން މިމަހު 10 ގައި ބާއްވަން ހަމަޖެއްސި މެލޭޝިއާ ދަތުރު ފަސްކޮށްފި

މޯލްޑިވިއަން އިން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރަށް މިމަހު ކުރަން ހަމަޖެހިފައިވާ ދަތުރު ބާއްވާ ތާރީހު ފަސްކޮށްފި އެވެ. ރާއްޖޭގައި މިވަގުތު ތިބި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އަނބުރާ އެގައުމ...

05 Sep 2020 | 09:57

މޯލްޑިވިއަން އިން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރަށް މިމަހު ކުރަން ހަމަޖެހިފައިވާ ދަތުރު ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

ރާއްޖޭގައި މިވަގުތު ތިބި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އަނބުރާ އެގައުމަށް ގެންދިއުމަށް މޯލްޑިވިއަންއިން ބާއްވާ ޗާޓާޑް ފްލައިޓުގެ ދެ ވަނަ ފްލައިޓު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ ތެރޭގައި ވަނީ ދިވެހި ދަރިވަރުން ގެންދިއުމަށް އޭސް ޓްރެވަލްސް އާއި މޯލްޑިވިއަން ގުޅިގެން މެލޭޝިއާއަށް ފްލައިޓެއް ބާއްވާފައި އެވެ.

މޯލްޑިވިއަން އިން ބުނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ފްލައިޓު މިހާރު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. މިގޮތަށް ނިންމީ މެލޭޝިއާއަށް ދާން ތިބި ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން ކަމަށް ބުނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާގައި ލޮކްޑައުން އިއުލާނުކޮށް ބޯޑަރު ބަންދުކޮށްފައި އެވެ. އެހެންވެ މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިން ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

އެމީހުން އެނބުރި ދާން ފަށާފައި މިވަނީ މެލޭޝިއާ ކޮލެޖު ޔުނިވާސިޓީތަކާއި ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމުންނެވެ.

މޯލްޑިވިއަންއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާ އާއި އިންޑިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޗާޓާޑް ފްލައިޓުތައް ބާއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް