ގަމު ފެސިލިޓީގައި އެއްމަހުގެ ކުޑަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

ހައްދުންމަތީ ގަމު ފެސިލިޓީގައި އެއްމަހުގެ ކުޑަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައި އެއްމަހުގެ ކުޑަ ކުއްޖަކަށް ފަރުވާ...

05 Sep 2020 | 06:52

ހައްދުންމަތީ ގަމު ފެސިލިޓީގައި އެއްމަހުގެ ކުޑަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައި އެއްމަހުގެ ކުޑަ ކުއްޖަކަށް ފަރުވާދެމުން އަންނަކަން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދެއްވާފައެވެ.

އެ ހޮސްޕިޓަލުން ބުނީ އެއީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި އޮތް ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވީ ހޯމަ ދުވަހު ކަމަށެވެ.

މީގެ އިތުރުން އިތުރު ފަރުވާ ދިނުމަށް އެކުއްޖާ ގަމަށް ގެނައީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށްވެސް ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް