މިއަދުވެސް މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ދަނީ މި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ ވައިޓް އެލާޓު ނެރެމުންނެވެ. އެގޮތުން މިއަދު ...

05 Sep 2020 | 05:48

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ދަނީ މި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ ވައިޓް އެލާޓު ނެރެމުންނެވެ. އެގޮތުން މިއަދު ހެނދުނު 7:00 ން މެންދުރު 12:00 އަށް ޅ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަވަދާނެ ކަމަށް ލަފާ ކުރެ އެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި މިއަދުގެ ކުރިޔަށް ހުރި ވަގުތުތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެލާޓު ނެރެފައިވާ ސަރަހައްދުތަކުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް