ޖަރުމަންގެ ބަޔާ ލެވަކޫސަންއަށް ކުޅެމުން އައި ޖަރުމަންގެ ޒުވާން މިޑްފީލްޑަރ ކައި ހަވާޓްޒް ޗެލްސީއަށް ސޮއިކޮށްފިއެވެ.
އުމުރުން އެންމެ 20 އަހަރުގެ ހާވާޓްޒް ޗެލްސީގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފައިވާއިރު، ހަވާޓްޒް ޗެލްސީއަށް ސޮއި ކުރީ 71 މިލިޔަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ޗެލްސީން ހަވާޓްޒް ހޯދުމަށް 71 މިލިޔަން ޕައުންޑް ޚަރަދުކުރުމުން، އޭނާ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ޗެލްސީން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މިދިޔަ އަހަރު ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ގަތުމަށެވެ. އެގޮތުން ކެޕާ ގަތުމަށް ޗެލްސީން ވަނީ 71.6 މިލިޔަން ޕައުންޑް ޚަރަދުކޮށްފައެވެ.
ލެވަކޫސެން ދޫކޮށް ޒުވާން މިޑްފީލްޑަރ ހަވާޓްޒް ޗެލްސީއަށް ސޮއިކޮށްފައި ވާއިރު، އޭނާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ.
2010 ވަނަ އަހަރު ލެވަކޫސަންގެ ސީނިއާ ޓީމާއި ގުޅުނު ހަވާޓްޒް ވަނީ އެކުލަބުގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް 150 މެޗު ކުޅެދީ 46 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޗެލްސީއަށް ހާވާޓްޒް ސޮއިކޮށްފައި ވާއިރު، އެޓީމުން ވަނީ އަންނަ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ވެސް ގެނެސްފައެވެ.
ހަވާޓްޒް އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ސޮއި ކުރި ހަތްވަނަ ކުޅުންތެރިޔާއެވެ.
މީގެ ކުރިން ޗެލްސީން ސޮއި ހޯދާފައިވާ ކުޅުންތެރިންނަކީ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކް އާއި ޕީއެސްޖީއަށް ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް